ވިލިގިލީގެ ތައްގީއަށް މާޔޫސް ވެފައިތިބިމީހުންނަށް މާޔޫސްކަން ފިލުވާ ވިލިގިލި ތަރައްގީކުރެވުމުގެ ހައްލު ހޯދޭނީ މިފަހަރުގެ މަޖިލިސް އިންތިހާބުގައި ރައްޔިތުންގެ ތާއީދުން އެ ދާއިރާގެ ގޮނޑިއަށް ހޮއްވަވައިދީގެން ކަމަށް ވިލގިލިދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޔަޒްމީދު ވިދާޅުވެއްޖެއެވެ.
ޔަޒްމީދު ވިދާޅުވީ މަޖިލިސް އިންތިހާބަށް ދާއިރާގެ ރައްޔިތުންގެ ތާއިދު ލިބިއްޖެނަމަ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެވޭނެ ކަމަށާއި، މާޔޫސްކަން އެއްކޮށް ފޮހެލުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެހެންކަމުން އެ ދާއިރާގެ ތަރައްގީ އަށް އިންގިލާބީ ބަދަލެއްގެނެސްދެވޭނީ އޭނާ އަށް ކަމަށްވެސް ޔަޒްމީދުވަނީ ވިދާޅުވެފައެވެ.
“އެއްވެސް ރައްޔިތަކު ބާކީ ނުކުރާނަން. އެންމެން ގޮވައިގެން ތަފާތުކުރުމެއްނެތި ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއި، އިންސާފުވެރިކަން ގާއިމް ކުރާނަން.” ޔަޒްމީދު
މި ސަރުކާރުން ވަނީ ވިލިގިލީގެ ތަރައްގީއަށް ޕްލޭންތަކެއް ކުރައްވާފައެވެ. އެގޮތުން ގއ. އަތޮޅުގައި ވެރިކަން ކުރާ ރަށް، ވިލިނގިލީގައި އެއާޕޯޓް އަޅާނީ ބިން ހިއްކައިގެން ކަމަށާއި ބިން ހިއްކުމަށް ހިންގާނީ ބޮޑު މަޝްރޫއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެރަށުގެ ރައްޔިތުނަށް ވައުދުވެ ވަޑައިގެންފައެވެ. އަދި ބިން ހިއްކާ ބިމުގައި ގެދޮރުވެރިކަމުގެ ބިޔަ މަޝްރޫއެއް ހިންގަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ތަރައްޤީ މިއޮތީ ވިލިނގިއްޔާ އަރާ ހަމަވެފަ ކަމަށާއި، ޔަމްޒީދު އަކީ މަޖިލިހުގަ އެކަން ކޮށްދޭން މަސައްކަތް ކުރާނެ ސަރުކާރު ކެނޑިޑޭޓް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ކެމްޕޭނަށް އެ ރަށަށް ވަޑައިގެން ވިދާޅުވެފައެެވެ. ރައީސް ވިދާޅުވީ ވިގިގިލި ދާއިރާއަށް ކުރިމަތި ލައްވާފައިވާ ސަރުކާރު ކެންޑިޑޭޓް ޔަޒްމީދު މަޖިލީސް ގޮނޑިއަށް ހޮއްވަވައި ދެއްވުމަކީ ވިލިގިލީ ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ ކަންކަން ކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.
އެހެންކަމުން މިއީ ވިލިގިލީ ރައްޔިތުންގެ އަތް ބުޑުގައި އޮތް ކަމެއް ކަމަށާއި، އެކަން ނުކުރައވަފިނަމަ ހިތާމަހުރި ގޮތެއްގައި މިދިޔަ ފަސްއަހަރު ދިޔަ ގޮތަށް ނަމެއްގަ ގޮނޑީގަ އިންނަ މެމްބަރަކަށް ވާން ފުރުސަތު ހުޅުވި ގޮސްދާނެ ކަމަށެވެ.
“އެއާރޕޯޓް ހޮސްޕިޓަލް މިހެން ގޮސް އެތައް ކަމެއް ވިލިގިއްޔަށް ކުރަން ނިންމާފައިވާފަހުރީ. މިކަން ކުރުމަށް ބަޖެޓާއި، ބިލް ފާސް ކުރުމާއި އެތައް ކަމެއް ބޭނުންވާނެ. ޔަޒްމީދު ހޮވުމަކީ އެންމެ ބުއްދުވެރި ގޮތް” ރައީސް
ރައީސް ވިދާޅުވީ ބައިބައިވުމާއި، ހިޔާލު ތަފާތުވުމުގެ ތެރެއިން ކަންކަންވާން ނޭދޭ ކަމަށާއި، ބޭނުންވަނީ ވިލިގިއްޔަށް ތަރައްގީ ގެންނަން ކަމަށެވެ. މިކަން އޮތީ ރައްޔިތުންގެ އަތް މަތީގައި ކަމަށާއި، އެހެންކަމުން މި ފުރުސަތު ނަގާ ނުލުމަށް ވެސް ރައީސް ވަނީ ވިލިގިލީ ރައްޔިތުންގެ ކިބައިން އެދިފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވިލިގިލިން ދެއްކެވި ނަމޫނާ މި މަޖިލިސް އިނތިހާބުގައިވެސް ދެއްކެވުމަށް އެދޭ ކަމަށާއި ބައިބައިވުމާއި، ދުރުވެ އެންމެން އެކައްޗެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށެވެ. ޒާތީ ތައައްސުބުން ދުރުވެ ތިބެ މި އިންތިހާބުން ޔަޒްމީދު ހޮއްވަވައި ދެއްވުމަށް ރައީސް ވަނީ އެދި ލައްވާފައެވެ.
ޔަޒްމީދު ވިދާޅުވީ މަޖިލީހަށް ވާދަކުރައްވަނީ ތައުލީމާއި ތަމްރީނާއި، ސިޔާސީ ތަޖުރިބާވެސް ހުރެން ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ކަންބޮޑުވުންތައްވެސް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އިގްތިސާދީ އެތައް މައްސަލައެއްވެސް އޮތް ވިލގިލި ދާއިރާގެ ގޮނޑި ހޮވިއްޖެނަމަ އެންމެ ފުރަތަމަ އިސްވާނީ ރަށުގެ ތަރައްގީ އަށް ކަމަށްވެސް ޔަޒްމީދު ވިދާޅުވިއެވެ.

