ކުޅުދުއްފުށީ ކަރަންޓުގެ މައްސަލަ ހައްލުވެފައި ވަނިކޮށް އަނެއްކާވެސް އެރަށުން ކަރަންޓު ހިގައްޖެއެވެ.
ދިހަ ހާހެއްހާ މީހުން ދިރިއުޅޭ ކުޅުދުއްފުށި ސިޓީއަށް ކަރަންޓުގެ މައްސަލަ ދިމާވާތާ މަހެއްހާ ދުވަސްވެއްޖެއެވެ. އިއްޔެ ކުޅުދުއްފުށިން ކަރަންޓު ދިޔައީ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައިގެންނެވެ. ކުޅުދުއްފުއްޓަށް ދިމާވި މައްސަލަ ހައްލުކޮށް، ރޭ 8:10 ހާއިރު ސްޓެލްކޯގެ ޓީމެއް ކުޅުދުއްފުއްޓަށް ގޮސްގެން ފެނަކައާއި ސްޓެލްކޯގެ އެއްބައިވަންތަކަމާއެކުގައި، އެސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރީ އެސިޓީއިން ކަރަންޓު ދިޔަތާ 12 ވަރަކަށް ގަޑިއިރު ފަހުންނެވެ.
ފެނަކައިން އޮތީ ކުޅުދުއްފުށި ސިޓީއިން ކޮންމެ ދުވަހަކު ކަރަންޓުގެ ހިދުމަތް މެދުކެނޑެން ޖެހުމުގެ ޒިންމާ ނެގުމުގެ ގޮތުން 50 ޕަސެންޓް ޑިސްކައުންޓް ދިނުމަށް ނިންމާފަ އެވެ.

