ރައީސް ޑރ މުހައްމަދު މުއިއްޒު ހެންވޭރުދެކުނު ދާއިރާގެ ދޮރުންދޮރަށް ހިންގަވައި ރައްޔިތުންނާ ބައްދަލު ކުރައްވައިފިއެވެ.
ސަރުކާރު ކޯލިޝަން ގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ލީޑަރު އަދި ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ދޮރުންދޮރަށް ކެމްޕޭން ހަރަކާތް މިއަދު ކުރިއަށް ގެންދަވަނީ ހެންވޭރު ދެކުނު ދާއިރާގައެވެ.
ހެންވޭރު ދެކުނު ދާއިރާގެ ކެމްޕޭން ރައީސް ޑރ މުއިއްޒު ފެއްޓެވީ މިއަދު މެންދުރު 13:30 ގައި ގާމަގު ކަންމަތި (ސޯސަން މަގު) އިންނެވެ.
ސަރުކާރު ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލިސް އިންތިހާބުގައި ހެންވޭރު ދެކުނު ދާއިރާ އަށް ވާދަކުރައްވަނީ އިމްރާން ލަޠީފް (އިންމު)އަށް ތާއީދު ހޯއްދެވުމަށް ދޮރުންދޮރަށް ހިންގަވައި ރައީސް ވަނީ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައްޔިތުންގެ އަޑު ގާތުން އައްސަވާފައެވެ.
އަދި މި ކެމްޕޭން ހަރަކާތުގެ ދަށުން ރައީސް ޑރ މުއިއްޒު ވަނީ މާލޭގެ ގިނަ ދާއިރާ ތަކަކަށް ހިންގަވާފައެވެ.

