ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން، އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)ގެ ގާޒާ އިމަރޖެންސީ ރިލީފް ފަންޑަށް އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.
މިކަން ހާމަކޮށްފައި ވަނީ އައިއޭސީގެ އިންސްޓަގްރާމް އޮފިޝަލް ޕޭޖުގައި ކުރި ޕޯސްޓެއްގައެވެ. އެޕޯސްޓުގަަައި ބުނީ ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން، ސަދަގާތުގެ ގޮތުގައި އެއް މިލިއަން ރުފިޔާ އެޗްޑީސީން ހަދިޔާކޮށްފައިވާ ކަމަށެވެ.
އެ ފައިސާގެ އެހީ ގާޒާގައި ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް ފޯރުކޮށްދެވި، އެހީގެ ތަފްސީލު ހާމަކުރެވިގެން ދާނެކަމުގެ ޔަގީންކަންވެސް އައިއޭސީއިން ދީފައިވެއެވެ.
އިސްރާއީލުގެ ހައްދުފަހަަނައަޅާފައިވާ ލާއިންސާނީ ހަމަލާތަކުގެ ތެރޭގައި، ފަލަސްތީނުގެ މުސްލިމުން ހަ މަހަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާއިރު، މިހާތަނަށް މި ހަމަލާތަކުގައި 33،000 ހާހަށް ވުރެ ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 76،000 މީހުންނަށް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމަށްވެސް ވަނީ ރިޕޯޓު ކޮށްފައެވެ.
އެ ހަމަލާތައް ފެށުމަށް ފަހު ޣައްޒާއިން ސާފު ބޯ ފެނާއި ކާބޯތަކެތި އަދި ސިއްހީ ފަރުވާގެ ހިދުމަތްވެސް ވަނީ މެދު ކަނޑާލާފައެވެ. އަދި ޝަހީދުވި މީހުންްގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނެއެވެ.

