އަންޑަމަން އައިލޭންޑްސް އަށް ބިންހެލުމެއް އަތުވެއްޖެ އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފައިވާގޮތުގައި މި ބިންހެލުމަކީ ރެކްޓަރ މިންގަނޑު 5.1 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމެކެވެ.
މި ބިންހެލުން ރެކޯޑު ކުރެވިފައިވަނީ ފަތިހު 04:01 ގައި ކަމަށާއި މި ބިންހެލުން އައިސްފައިވަނީ ހދ. ހަނިމާދުއާއި 2250 ދުރަށް ކަމަށާއި އަދި މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެކަމުގައި ނުބެލެވޭ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.

