ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފުގެ މައްސަލައިގައި ހުކުމް ކުރުން މާދަމާ އަށް ތާވަލުކޮށްފިއެވެ.
ކުރީގެ ރައީސް ޔާމީނަށް ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި، ދެ މުއާމަލާތެއްގެ ތަހުގީގު ނިންމައި ދައުވާކޮށްފައިވާއިރު ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިނގި ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލައިގައި ޔާމީނަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ހަމަމިއާއެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށް ދެއްކުމަށްވެސް ޔާމީނަށް ވަނީ ހުކުމް ކޮށްފައެވެ.
ޔާމީނުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް ކުރުން މާދަމާ މެންދުރަށް ތާވަލުކޮށްފައިވާ ކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ. ހުކުމް ކުރުމުގެ މަޖިލިސް ފަށާ ގޮތަށް ހަމަޖެހިފައިވަނީ މެންދުރު ފަހު 1:00 ގައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
ޔާމީނަށް ކޮށްފައިވާ ހުކުމް އިސްތިއުނާފުކޮށް ހިންގި ޝަރީއަތުގެ އަޑުއެހުމެއް އެންމެފަހުން ހައިކޯޓުގައި ބޭއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

