މާދަމާ އޮންނަ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމުގެ ޝަރީއަތުގައި އެމަނިކުފާނަށް އިންސާފު ލިބުން އެދޭ ކަމަށާއި އަދި ދުއާ އަކީ މާދަމާ ރައީސް ޔާމިން މިނިވަންވުން ކަމުގައި ރައީސުލް ޖުމްހުރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދ. ގައްދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީ ކެންޑިޑޭޓްގެ އިވެންޓްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބު ކާމިޔާބުވެ އެންމެ ފުރަތަމަ ނޫސްވެރިންނާއި ބައްދަލު ކުރައްވާވެސް ކުރީގެ ރައީސައަށް ދެންނެވީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވި ކަަމަށްވެސް ވިދާޅުވިއެވެ.
“އެހެން ނަމަވެސް ޖޭއެސްސީގެ ކޮންޓްރޯލް، ޖޭއެސްސީގެ ރައީސްއަކީ އެމްޑީޕީ ބޭފުޅެއް، މަަޖިލީސް ރައީސް އިހަށް ދުވަހު މި މައްސަލަ ޖޭއެސްސީއަށް ލާނަމޭ އިހަށް ދުވަހު ލާނަމޭ ބުނެފައި، ޝެޑިއުލްވީމަ އެބަ އެނގޭ އެބޭފުޅުންގެ ކޮންޓްރޯލް އަދިވެސް ޖުޑިޝަރީ ތެރޭގައި ހިންގާ ވަރު، ވަރަށް ހިތާމަވެރި ކަމެއް،”. ރަައީސް ވިދާޅުވިއެވެ.
އަދި އެމަނިކުފާނުގެ ދުއާއަކީ ރައީސް ޔާމީން މިނިވަން ވެގެން އައުން ކަަމަށްވެސް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑުގެ ދުއާއަކީ އެމަނިކުފާނަށް އިންސާފު ލިބި އެމަނިކުފާނު މިނިވަން ވެގެން އައުން،”. ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޝަރުއީ ދާއިރާއަކީ ގައުމުގެ ހަމަޖެހުން ގާއިމް ކުރުމަށްޓަކައި، މިނިވަން ކުރާނެ ކަމުގެ ވައުދު އެމަނިކުފާނު ވެވަޑައިގެންފައިވާނެ ކަމަަށެވެ. އަދި ސިޔާސީ މަގާމެއްގައި މީހަކު ހުރެގެން އެ މީހަކާއި ދޭތެރޭގައި ބަދަލު ނުުހިފާ، ރައްޔަރު ކޮށް، ޝަރީއަތްވެސް ނުހިންގާނެ ކަމަށްވެސް ވިދާޅުވިކަމަށް ރައީސް ވިދާޅުވިއެވެ.
“ސިޔާސީ ވެގެންނެއް، ޝަރުއީ ދާއިރާގެ ބޭނުމެއް އަދި އެހެން ކަމެއްގައިވެސް ސަރުކާރުން ނުފޫޒު ފޯރުވައިގެން ނުކުރާނެ، އަޅުގަނޑު ދެންނެވިން މި ސަރުކާރު ފެށިގެން އައި ދުވަހުން ފެށިގެން ޝަރުއީ ދާއިރާ މިނިވަން ވާނެއޭ.”. ރައީސް ވިދާޅުވިއެވެ.

