ށ. ކޮމަންޑޫ އެއަރޕޯޓު ތަރައްޤީ ކުރުމަށްޓަކައި ސަރވޭ ކުރުމާއި ޑިޒައިން އަދި އީ.އައި.އޭ ހެދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި، މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އަލްއުސްތާޛު މޫސާ ފަތުޙީ އާދަމްއެވެ.
ކޮމަންޑޫ އެއަރޕޯޓު ތަރައްޤީ ކުރުމަށްޓަކައި ސަރވޭ ކުރުމާއި ޑިޒައިން އަދި އީ.އައި.އޭ ހެދުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޡީމް އެވެ.
އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީއެވެ.
މި ރަސްމިއްޔާތުގައި ކޮމަންޑޫ ކައުންސިލްގެ ރައީސް މުޙައްމަދު ސިނާން އާއި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

