ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކަރަންޓުގެ ހިދުމަތް އެންމެ ނާޒުކު ހާލަތުގައި އޮތް ރަށްތައް ބަލައި ހަތް ރަށަކަށް ޖަނަރޭޓަރުތައް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
މި ޖަނަރޭޓަރުތައް ފޮނުވަން ނިންމާފައިވަނީ ށ، ނ، ރ، އަދި ބ. އަތޮޅުގެ ރަށްތަކަށެވެ. އެގޮތުން 250 ކިލޯވޮޓްގެ ޖަނަރޭޓަރ ފޮނުވަން ނިންމާފައި ވަނީބ.ކިހާދޫ، ށ.މަރޮށި، އަދި ނ.ހެނބަދޫއަށް ފޮނުވަން ނިންމަވާފައިވަނީ ވެ. ނ. މާފަރު، ބ. މާޅޮސް، އަދި ރ. މާކުރަތަށް ފޮނުވަން ނިންމަވާފައި ވަނީ 400 ކިލޯވޮޓްގެ ޖަނަރޭޓަރެވެ. އަދި ރ. އަލިފުއްޓަށް ފޮނުވަން ހަމަޖެހިފައިވަނީ 600 ކިލޯވޮޓްގެ ޖަނަރޭޓަރެކެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ، މި ޖަނަރޭޓަރުތައް ފޮނުވުމުގައި، ފެނަކަ ކޯޕަރޭޝަނުން އިސްކަންދެނީ، ކަރަންޓު އެންމެ ނާޒުކު ހާލަތުގައި ހުރި ރަށްތަކަށް ކަމަށާއި މިއީ އަލަށް ގެނެވުނު ޖަނަރޭޓަރުތަކެއް ކަމަށެވެ.
މި ޖަނަރޭޓަރުތައް އިންސްޓޯލްކުރުމުން އެ ރަށްރަށުގައި ދިމާވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ފެނަކަ އިން ބުނެއެވެ. އަދި މިފަހަކަށް އައިސް ބައެއް ރަށްރަށުގެ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައިވަނީ އިންޖީނުތައް މަރާމާތުނުކޮށް ގިނަ ދުވަސްވެގެންކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

