ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް ފަރެސްމާތޮޑާ ދާއިރާގެ ސަރުކާރުގެ ކެންޑިޑޭޓަށް ތާއިދު ހޯއްދެވުމަށް އަމިއްލަ ދާއިރާއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް ސެމްބެ މިއަދު ވަޑައިގެންފިއެވެ.
ސެމްބެ އަމިއްލަ ރަށް ފަރެސް މާތޮޑާއަށް ވަޑައިގަތުމުން އެރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ސެމްބެ މިއަދު އަމިއްލަ ދާއިރާއަށް ވަޑައިގެންފައިވާއިރު، ސެމްބެގެ މި ދަތުރުފުޅުގައި އެ އަތޮޅު ގައްދޫ އަށް ވަޑައިގެން، އެ ރަށު ކައުންސިލާއި ބައްދަލުކޮށް، ހާލަތު ބައްލަވާލެއްވިއެވެ.

އަޝްރަފް ގެ ކެމްޕެއިނަށް ސެމްބެ އުފަންރަށަށް، ރައްިޔިންނާއި ބައްދަލު ކުރައްވަނީ
ނައިބު ރައީސް ފަރެސްމާތޮޑާ ދާއިރާގެ ކެންޑިޑޭޓްއަށް ތާއިދު ހޯދުމަށް މިއަދު ވަޑައިގެންފައިވައިރު، ރައްޔިތުންގެ މަޖިލީސް އިންތިހާބަށް ބާކީ އޮތީ ތިންދުވަހެވެ. މި ދަތުރުގައި ދާއިރާގެ ހުރިހާ ރަށަކަށް ވަކިވަކިން ނައިބު ރައީސް ވަޑައިގަންނަވަން ނިންމަވާފައި ވެއެވެ.

އަޝްރަފް ގެ ކެމްޕެއިނަށް ސެމްބެ އުފަންރަށަށް ހޫނު މަރުހަބާއެއް
ފަރެސްމާތޮޑާއަށް އެ މަނިކުފާނު ވަޑައިގަތުމުން ފެނިގެންދިޔައީ ރައްޔިތުންގެ ހިތުގައި އެމަނިކުފާނަށް އޮތް ލޯތްބާއި، އިހުތިރާމެވެ. އެކި އުމުރުގެ ބޭފުޅުން މަރުހަބާ ކިއުމަށް ނުކުމެފައިވާއިރު، ކުދިބޮޑު އެތައްބަޔަކު ވަނީ ބަނދަރު ސަރަހައްދަށްނުކުމެފައެވެ.

އަޝްރަފް ގެ ކެމްޕެއިނަށް ސެމްބެ އުފަންރަށަށް،
މި ސަހައްދަށް އެއްވެފައިވާ މީހުންގެ ޝުއޫރުތައް ހުރީ ސަރުކާރު ކެންޑިޑޭޓަށް ތާއިދު ދޭން ކަމަށާއި، ތަރައްގިއަށް އޮތް އެންމެ ރަނގަޅު ގޮތަކީ އަޝްރަފް އަށް ވޯޓު ދީގެންކަންވެސް ފާހަގަ ކުރައްވާފައެވެ. މި ދާއިރާގެ ދެންތިބި ރަށްތަކުންވެސް ނައިބު ރައީސް ވަޑައިގެންނަވާތީ އެ ރަށްތަކުންދަނީ ތައްޔާރީތައް ވަމުންނެވެ. އެތިންރަށަކީވެސް ސަރުކާރަށް ތާއިދު އޮންނަ ތިން ރަށަށް ވާއިރު، ގުޅިގެން މަސައްކަތް ކުރާ ބަޔަކުވެސް ތިބި ދާއިރާއެއް ކަމަށް އަޝްރަފްގެ ސަޕޯޓަރުން ވަނީ ފާހަގަ ކޮށްފައެވެ.
ދާއިރާގެ ރަތަފަންދޫ ފިޔޯރީ އަށް ނައިބު ރައީސް ވަޑައިގެންނަވަނީ މާދަމާގެ ވަގުތެއްގައެވެ.

