ޒަމާނުއްސުރެ ގެދޮރުގެ ދަތިކަމާއި ކުރިމަތިލާންޖެހިފައިވާ ދިއްގަރު ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހައުސިން ޔުނިޓްތަކެއް އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.
މި ނިންމުން ނިންމާ މިހާރު ވަނީ އެމްޓީސީސީ އާއިއެކު އެއްބަސްވުން ހަދާ ސޮއިވެސް ކުރައްވާފައެވެ. މ. ދިއްގަރުގައި ހައުސިންޔުނިޓްތަކެއް އިމާރާތްކުރުމަށް އެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށް ސޮއި ކުރެއްވީ 18 އޭޕްރީލް 2024 ގައެވެ.
އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސާރ އަބްދުﷲ ޒިޔާދެވެ. އަދި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމެނެންޓ ސެކެޓްރީ ޒީނިޔާ ހަމީދެވެ.
މ ދިއގަރު އާބާދީގެ ޖުމްލަ އަދަދަކީ 1460 އެވެ. އެރަށަކީ ފަތުރުވެރިކަމަށް ހާއްސަ ރަށެއް ކަމަށވިޔަސް އެރަށުގައި ކޮންސްޓްރަކްޝަން މަސައކަތްކުރާމީހުންވެސް ތިބެއެވެ. ނަމަވެސް އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. ސަރުކާރުން މި ވެވުނު އެއްބަސވުމުގެ ދަށުނ މި މައްސަލައަށް ހައްލެއްލިބި ދާއިމީ ގޮތެއްގައި ބޯހިޔާވަހިކަމުން ދިއްގަރު ރައްޔިތުންނަށް ލުއެއް ލިބޭނެ ކަމަށް ބެލެވެއެވެ.
މި މޝްރޫއުގެ ދަށުން 1000 އަކަފޫޓް ސަރަހައްދެއްގައި 3 ފަނގިފިލާގެ 75 ފްލެޓް އިމާރާތްކުރެވިގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި އިމާރާތކުރެވިގެންދާނެ ކަމަށާއި، އެ މަޝްރޫއަކީ 117.97 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށްވެސް އެމްޓީސީސީން ބުނެފައި ވެއެވެ.
މި މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ 420 ދުވަހުގެ ތެރޭގައެވެ.

