ލ. ކަލައިދޫގައި ކުރިއަށްދާ "ކަންވަލު ފުޓްސަލް ޗެލެންޖް" ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނަކަށް ޢަލީ އަޝްފާގް (ދަގަނޑޭ) ކަލައިދޫއަށްދާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިއީ އަލީ އަޝްފާގް ކަލައިދޫއަށްދާ ފުރަތަމަ ފަހަރެވެ. ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ދާއިރާގެ ލެޖެންޑް އަލީ އަޝްފާގް ކަލައިދޫއަށް ދާތީ އެރަށުންދަނީ އޭނާއަށް ހޫނު މަރުހަމާއެއްކިއުމަށް ތައްޔާރުވަމުންނެވެ.

ޢަލީ އަޝްފާގް (ދަގަނޑޭ)
މި މުބާރާތް އިންތިޒާމުކޮށްފައިވަނީ ކަންވަލު ސްޕޯޓްސް ކުލަބްއިންނެއެވެ. އަދި މުބާރާތް ކުޅެމުންދަނީ ކަލައިދޫ ފުޓްސަލް ގުރައުންޑުގައެވެ.
މުބަަރާތް ފަށާފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގައެވެ.
ޖުމްލަ 9 ޓީމަކަށް ބަހާލެވިގެން ދެގްރޫޕްއެއްގެ ދެމެދުގައި ކުޅެވުނު މި މެޗްގައި ބައިވެރިވެފައިވަނީ އިސްދޫ ގެ 3 ޓީމާއި، ދަނބިދޫ ގެ 2 ޓީމްގެ އިތުރުން ކަލައިދޫގެ 4 ޓީމެކެވެ.
މޮޅު ކުޅުމަކަށްފަހު ފައިނަލް މެޗްގެ ޖާގަ ކަށަވަރުކޮށްފައިވަނީ އިސްދޫ ޔޫތް ޑިވެލޮޕްމެންޓް އަދި ދަނބިދޫ ޔޫތް އެންޑް ކޮމިޔުނިޓީ އެމްޕަވާރ މެންޓެވެ.
ހާއްސަ މެހެމާނަކަށް ދަގަނޑޭ އެރަށް ދާގޮތަށް ހަމަޖެހިފައިވާއިރު، ޗެމްޕިން ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ރަނާ އަޕް ޓީމަށް ދޭން ހަމަޖެހިފައިވަނީ 2000 ރުފިޔާގެ ފައިސާގެ އިނާމެވެ.
މި މެޗްގެ ބްރޭންޑިން އަދި ޕްރިންޓިން ޕާރޓްނާރ އަކީ ރާޅު އާރޓްސް އެންޑް ޑިޒައިންއެވެ.

