ޕީއެންސީގެ ބޮޑު ހިނގާލުމެއް މާދަމާ ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
ޕީއެންސީގެ ހިނގާލުން މާދަމާ ބާއްވާގޮތަށް ހަމަޖެހިފައިވާއިރު މާދަމާ އަކީ ކުރިއަށް އޮތް 20 ވަނަ ރައްތިތުންގެ މަޖިލީހަށް ތައްޔާރުވުމުގެ ގޮތުން ކެމްޕޭނުކުރުމުގެ އެންމެ ފަހު ދުވަހެވެ.
ކޮންމެ އިންތިހާބެއްގައިވެސް މިގޮތަށް ހިނގާލުންއޮވެއެވެ. އެގޮތުން ގިނައަދަދެއްގެ ބަޔަކު ހިނގާލުމުގައި ބައިވެރިވެއެވެ. ހަވީރު 4:00 އިން ފެށިގެން ކުރިއަށްދާ މި ހިނގާލުން ނިންމަނީ ހަވީރު 6:00 އަށެވެ. ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 40،000 ކަމަށް މީގެ ކުރިން އެޕާޓީން ވަނީ ބުނެފައެވެ.
އެހެންކަމުން ރާއްޖޭގެއޮތް ދެވަނައަށް އެންމެބޮޑު ޕާޓީއަކީ ޕީއެންސީއެވެ. މީގެ ކުރިން ރައީސް މުއިއްޒު ވިދާޅުވީ ޕީއެންސީގެ ސަރުކާރެއް އުފެދުނުއިރު އެ ޕާޓީގައި ތިބީ 3،022 މެންބަރުން ކަމަށެވެ. ނަމަވެސް އެއަދަދު 40،000 ވުރެ އިތުރު ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. ޕީއެންސީގެ ކެންޑިޑޭޓުންނާއިއެކު ބާއްވާ މި ހިނގާލުމުގައި ރައީސް ޑރ. މުއިއްޒު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

