މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު 2 މީހުން ހޯދަން އެމްއެންޑީއެފްއިން ޑްރޯން ބޭނުން ކުރަންް ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ދެ ފަޅުވެރިންނާއިއެކު މަސްބާނަން ނުކުތް "ފަރިހި 2" ދޯނި ހޯދުމަށް ކޯސްޓްކާޑް ހާބާރ ކްރާފްޓް 114 މިރޭ 11:20 ގައި މަސައްކަތ ފަށާފައިވާ ކަމަށާއި، އެމްއެންޑީއެފްގެ ވައިބާރުން މިހާރު ދަނީ ދޯނި ހޯދުމައްޓަކާއި، "ޔޫއޭވީ އެ ސަރަހައްދުގައި އުދުއްސާލާފައި ކަމަށެެވެ.
މަހަށް ދިޔަ ދެ މީހަކު ހަބަރެއްނުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމުގެ މަޢުލޫމާތު މިރޭ ފުލުހުންނަނަށް ލިބިފައިވަނީ 22:06 އެހާކަންހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު މ. އަތޮޅު ފުލުހުންގެ ލޯންޗު ދަނީ އެމީހުން ދަތުރުކުރި ދޯންނާއި މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައި ވެއެވެ. އަދި މިކަމުގެ މަޢުލޫމާތު އެމް.އެން.ޑީ.އެފް އާ ވަނީ ހިއްސާކުރެވިފައި ކަމަށްވެސް ބުނެފައި ވެއެވެ.

މަޑުއްވަރިން ގެއްލުނު ދެ މީހުން ދަތުރުކުރި ދޯނި/ފޮޓޯ ފުލުހުން
ފުލުހުން ބުނީ މި ދޯނީގައި މަހަށް ގޮސްފައިވަނީ ދިވެހި ދެ ފިރިހެނުން ކަމަށެވެ.
މި ދޯންޏާއި އެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އެމަރޖެންސީ ނަންބަރު 119 އަށް ނުވަތަ ކޯސްޓްގާރޑަށް ގުޅުއްވައި އެމަޢުލޫމާތެއް ހިއްސާކުރެއްވުން އެދޭ ކަމަށްވެސް ބުނެފައި ވެއެވެ.

