ރާއްޖޭގެ 7 ސަރަހަދެއްގައި ކޯލްޑްސްޓޯރޭތައް ގާއިމް ކުރުމުގެ މަސައްކަތްދަނީ ކުރަމުން ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ހަތް ސަރަހައްދެއްގައި މި ސްޓޯރޭޖް ގާއިމް ވުމުން 23،500 ޓަނުގެ ރޯމަސް ރައްކާ ކުރެވޭނެ ގާބިލްކަން ލިބިދެވޭނެ ކަމަށެވެ. އެގޮތުން ވަރުގަދަ ނިޒާމެއް ގާއިމް ކުރެވި އޭގެ ފައިދާ މަސްވެރިންނަށް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
މަސްގަންނަ ފެސިލިޓީއާއި، މަސްރައްކާކުރެވޭ ކޯލްޑް ސްޓޯރޭޖް ގާއިމު ކުރެވޭއިރު، މިހާރު އެ ފަދަ ދެ ސްޓޯރޭޖެއްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެއީ ޅ. ފެލިވަރުގަޔާއި، ގދ. ތިނަދޫ ސިޓީގައި ކަމަށެއެވެ. އަދި މިހާރު މިފަދަ ސްޓޯރޭޖްތައް އެޅުމަށް ރޭވިފައިވަނީ ހއ. އިހަވަންދޫގަޔާއި ، ދ. އަތޮޅުގެ އިތުރުން ގދ. ފިޔޯރީގައެވެ. ޓެންޑާރ މަރުހަލާގައިހުރީ މ. މުއްޔާއި، ގއ. ކުއްޑޫއެވެ.

މަސްވެރިން ކަނޑުމަތީގަ /ފޮޓޯ ގޫގްލް
ފެލިވަރުގައި ގާއިމް ކުރަނީ 4000 ތަނުގެ ސްޓޯރޭޖަކެވެ. އިހަވަންދޫގައި 500 ޓަނެވެ. މުލީގައި 500 ތިނަދޫ ސިޓީގައި 1000 ޓަނެވެ. މީގެ އިތުރުން ދ. އަތޮޅުގައި ގާއިމު ކުރާ ސްޓޯރޭޖަކީ 1500 ޓަނެވެެ. ފިޔޯރީގައި 3000 ޓަނެވެ، އަދި ކޫއްޑޫގައި 4000 އެވެ.
ރާއްޖޭގައި 23،500 ޓަނުގެ މަސް ރައްކާކުރެވޭނެ ސްޓޯރޭޖްތައް އެޅުމުގެ މަސައްކަތް މިހާރު ކުރުމުންދާއިރު، ރާއްޖޭގެ ތިން ސަރަހައްދެއްގައި މަސް ރައްކާކުރެވޭނެ ކާރުހާނާ ގާއިމްކުރުމަށް 225 މިލިއަން ޑޮލަރުގެ މަޝްރޫއެއްގެ ޗައިނާގެ ކުންފުންޏަކާއެކު މިދިޔަ ހަފްތާގައި ހަދާ ފިޝަރީޒް މިނިސްޓްރީން ވަނީ ސޮއިވެސް ކުރައްވާފައެވެ.

