ހައްދުންމަތީ މާވަށު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ވޯޓުލުމުގެ ވަގުތު ނުހަނު ބޮޑަށް ކުޑަތަން ވެފައި ހުރި، ސަރުކާރުން ދަނީ ގިނަ ދާއިރާތަކެއްގެ ތަރައްގީގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށަމުންނެވެ.
އެގޮތުން، ލ މާވަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެއްޓުމުގެ ގޮތުން މިކަމަށް ބޭއްވި ރަސްމިއްޔާތުގައި، މަސަައްކަތް ފަށްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރު އަބްދުއްރަހީމް އަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބު އިސްމާޢީލް ސުއޫދާއި މާވަށު ކައުންސިލްގެ ރައީސް އަހްމަދު މޫސާ ބައިވެރިވެވަޑައިގެންނެވި އެވެ. ހަމަމިއާއެކު، އެދާއިރާއަށް ވާދަކުރާ ސަރުކާރުގެ ކެންޑިޑޭޓްވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވި އެވެ.
ސަރުކާރުން ވަނީ ފާއިތުވެދިޔަ ދެ ދުވަހެއްގެ ތެރޭގައި ޖުމްލަ ހަ ރަށެއްގެ ބިންހިއްކުމުގެ މަޝްރޫއުތަކުގައި ސޮއިކޮށް އަދި ބައެއް މަޝްރޫއުތައް ފަށާފައެވެ. އަދި 6 ރަށެއްގެ އެއަރޕޯޓު މަޝްރޫއު ފަށާ، ހަ ރަށެއްގެ މަގުހެދުމުގެ މަސައްކަތް ފެށުމަށް އަދި މަޝްރޫއުތަކުގައި ސޮއި ކޮށްފައެވެ.

