ވޯޓްލާ ވަގުތުތަކުގައި މާލެ ސިޓީގައި ބަރު އުޅަނދު ދުއްވުން މަނާކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މާދަމާ ވޯޓްލުން ކުރިއަށްދާއިރު ފަސް ކެޓެގަރީއެއްގެ އެއްގަމު އުޅަނދު ދުއްވުން މާލެ ސިޓީގައި މަނާ ވާނެ ކަމަށެވެ.
މާދަމާ ދުއްވުން މަނާ ކެޓެގަރީތަކުގެ ތެރޭގައި ހިމެނެނީ:
C2 އަދި CO ކެޓެގަރީގެ އުޅަނދުތަކާއި D ކެޓެގަރީގެ އުޅަނދުތަކާއި E ކެޓެގަރީގެ އުޅަނދުގެ އިތުރުން V ކެޓެގަރީގެ އުޅަނދުތަކެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އެންގުމާއި ހިލާފުވެ ދުއްވުން މަނާކޮށްފައިވާ ކެޓެގަރީތަކުގެ އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި ދުއްވައިފިނަމަ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 67 އާއި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މަޖިލިސް އިންތިހާބުގެ ވޯޓްލުން ފެށެނީ މާދަމާ ހެނދުނު 8 ޖަހާއިރެވެ. ވޯޓްލުން ނިމޭގަޑިއަކީ ހަވީރު 5:30 އެވެ. މިއަހަރުގެ އިންތިހާބުގައި 93 ދާއިރާއަކުން 368 ކެންޑިޑޭޓުން ވާދަކުރެއެވެ.

