އިންތިހާބާއި ގުޅިގެން މާދަމާ ބޮޑީވޮން ކެމެރާ ބޭނުން ކުރާ ގޮަތަށް ނިންމައިފިއެވެ.
މާދާމާ ބޯޑީވޮން ކެމެރާ ބޭނުން ކުރާނެ ކަމަށް ފުލުހުން ބުނެފައިވަނީ އިންތިހާބުގެ އެންމެ ފަހުގެ ތައްޔާރީތައް ހިއްސާކުރުމަށް މިރޭ އިލެކްޝަންސް ކޮމިޝަނާއިއެކު ފުލުހުންބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ބައްދަލުވުމުގައި ޕޮލިސް ކޮމާންޑަރު އަބްދުﷲ ޝަރީފް ވިދާޅުވީ އިންތިޚާބު ކުރިއަށް ދާއިރު ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރާ ގޮތަށް މިހާރު ވަނީ ހަމަޖެހިފަ ކަމަށެވެ.
އަބްދުﷲ ޝަރީފް ވިދާޅުވީ ފުލުހުންގެ ޕްރޮފެޝަނަލްކަން އެންމެ މަތީ ދަރަޖާގައި ގެންގުޅުމަށް މިހާރު އިރުޝާދު ދީފައިވާނެ ކަމަށާއި، އަދި ވޯޓަށް ހުރަސް އެޅޭ އެއްވެސް ކަމެއް ހިންގާ ބަޔަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެފަދަކަންކަން ނުކުރުމަށްވެސް ފުލުހުންވަނީ އެދިފައެވެ. އެފަދަ ކަމެއް ހިންގާނަމަ ފުލުހުންނަށް ލިބިގެންވާ ހާއްސަ ބާރެއްގެ ދަށުން ހުއްޓުވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
20 ވަނަ މަޖިލީސް އިންތިހާބުގައި މަޖިލީހުގެ ޖުމުލަ 93 ދާއިރާއަކުން ކުރިމަތިލައެވެ. އިންތިހާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރާއިރު، އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ޕީޕީއެމް/ޕީއެންސީންނެވެ. ޕީއެންސީން ކުރިމަތި 89 ދާއިރާއެކެވެ.
ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީންނެނެވެ. އެއީ 82 ދާއިރާއެވެ. މިފަހަރުގެ އިންތިހާބުގައި ގިނަ އަންހެން ކެންޑިޑޭޓުން ކުރިމަތިލާއިރު، އަމިއްލަ ގޮތުން ވެސް ގިނަ މެމްމަރުންތަކެއް ވަނީ އިނތިހާބުގައި ވާދަ ކޮށްފައެވެ.

