ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.
މިއަަދު 8:00 ގައި ވޯޓް ލުން ފެށިގެން ކުރިއަށްދާއިރު، ވޯޓް ފޮށިތައް ބަންދުކުރާ ގަޑި ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ)ނިންމާފައިވަނީ ހަވީރު 5:30 އަށެވެ. އީސީން ބުނީ ވޯޓް ފޮށި ބަންދުކުރާ ވަގުތު ހަމަވާއިރު ކިއުގައި އެއްވެސް މީހަކު ނެތް ނަމަ ވޯޓް ނުލެވޭނެ ކަމަށެވެ.
މި އިންތިހާބުގައި 93 ދާއިރާއަކުން ވާދަ ކުރައްްވައެވެ. މިއީ އެންމެ ގިނަ ކެންޑިޑޭޓުން މަޖިލީހަށް ކުރިމަތިލައްވާ ފުރަތަމަ ފަހަރެެވެ. އެ ގޮތުން 368 ކެންޑިޑޭޓަކު މި އިންތިހަބުގައި ވާދަ ކުރައްވައެވެ.
ދާއިރާތަކަށް ބަދަލު ގެނެސް 93 ދާއިރާއެއް ކަނޑައެޅިގެން ދިޔަ ނަމަވެސް ސަރުކާރު ހިންގާ މައިޕާޓީން ވާދަ ކުރައްވަނީ 89 ކެންޑިޑޭޓަކެވެ. އަދި ސިޔާސީ އެންމެ ބޮޑު ޕާޓީ އެމްޑީޕީން 82 ކެންޑިޑޭޓެކު ވާދަކުރައްވައެވެ.

