ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވޯޓު ލައްވައިފިއެވެ.
ފަސްޓް ލޭޑީ ސާޖިދާ ވޯޓު ލެއްވީ އަމީނިއްޔާ ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަކަށެވެ.
ފަސްޓްލޭޑީ ވޯޓުލައްވާފައިވާއިރު، ރައީސް ޑރ މުހައްމަދު މުއިއްޒު ވެސް ވަނީ ވޯޓު ލައްވާފައެވެ. އަދި ވޯޓުލެއްވުމަށްފަހު އެމަނިކުފާނު ރައްޔިތުންގެ ކިބައިން ގާނޫނު އަސާސީ ލިބިދީފައިވާ ހައްގު އަވަހަށް ފުރިހަމަ ކުރެއްވުމަށް އެެދިވަޑައިގެންނެވިއެވެ.
މިއަދުގެ ވޯޓްލުން ކުރިޔަށްދާނީ ހަވީރު 05:30ގެ ނިޔަލަށެވެ.
20 ވަނަ މަޖިލީސް އިންތިޚާބުގައި މަޖިލީހުގެ ޖުމުލަ 93 ދާއިރާއަކަށް މެންބަރުން ހޮވާނެއެވެ. އެ އިންތިޚާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރާއިރު، ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އިދިކޮޅު އެމްޑީޕީންނެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނެވެ.
އިންތިޚާބުގައި ވޯޓުލުމަށް 602 ވޯޓުފޮށި ބަހައްޓާފައިވެއެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގައި 241 ވޯޓުފޮށި ބަހައްޓާފައިވެއެވެ. ސީދާ މާލޭގައި 181 ވޯޓުފޮށި ބަހައްޓާފައިވާއިރު ހުޅުމާލޭގައި 51 ވޯޓުފޮށި ބަހައްޓާފައިވެއެވެ.

