މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެއްލައްކައަށްވުރެ ގިނަ މީހުން ވޯޓްލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން(ޢީސީ) އިން ބުނެފި އެވެ.
އިލެކްޝަންސްއިން ބުނީ، މެންދުރު އެކެއް ޖެހުމާއި ހަމަޔަށް ޖުމްލަ 113،627 މީހުން ވޯޓުލާފައިވާކަމަށެވެ. އެއީ 51،976 އަންހެނުންނާއި، 61،651 ފިރިހެނުންކަން އެ ކޮމިޝަނުން ހާމަކޮށްފައި ވެއެވެ.
އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވަނީ 284،663 މީހުންނަށެވެ. އެހެންކަމުން މިހާތަނަށް ވޯޓުލާފައި މިވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ %39.92 އެވެ.
މި އިންތިހާބުގައި ޖުމްލަ 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރާނެ އެވެ. އެ ދާއިރާތަކަށް 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.
މި އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 284،663 މީހުންނަށެވެ.
އީސީން ވަނީ ހުރިހާ ރައްޔިތުންވެސް ވީ އެންމެ އަވަހަކަށް ވޯޓުލުމަށް އިލްތިމާސްކޮށްފަ އެވެ.

