ވޯޓް ކަރުދާސް ދެއްކި މައްސަލައަކާއި ގުޅިގެން 3 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ރައްޔިތުން މަޖިލިސް އިންތިހާބުގެ ސެކިއުރިޓީ އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، އެއީ ވޯޓްލުމުގެ ގަވާއިދާ ހިލާފުވެގެން ގެނެވުނު މީހުން ކަމަށެވެ.
މިގޮތުން ހައްޔަރު ކުރެވިފައިވަނީ މާލެއިން އެކަކު ކަމަށާއި، ގދ. ފިޔޯރީއިން ދެ މީހަކު ކަމަށެވެ. މިމީހުން ހައްޔަރަށް ގެނެވުނީ ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓުލުމަށް ހުރަސްއެޅި މައްސަލައަކާ ގުޅިގެން ކަމަށްވެސް ފުލުހުން ބުނެއެވެ.
ފިރޯރީން ދެ މީހަލު ހައްޔަރުކޮށްފައިވާއިރު، އެއީ ވޯޓްލާ ބޫތު ފެންނަ ގޮތަށް ހުރުމުގެ ސަބަބުން ހިނގައިދިޔަ ހަމަނުޖެހުމެއް ކަމަށްވެސް މައުލޫމާތު ވަނީ ބުނެފައެވެ.

