މިއަދު ކުރިއަށް ދިޔަ ވިހި ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ހިތަދޫ މެދު ދާއިރާގެ ގޮނޑި އަހުމަދު އަޒާން ކާމިޔާބު ކުރައްވައިފިއެވެ.
ދިޔަރެސްގެ ނޫސްވެރިޔާ، އަދި ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު އަޒާން މަރްޒޫޤް ހިތަދޫ މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ހުރިހާ ފޮށްޓަކުންވެސް ކުރި ހޯދައްވައިގެންނެވެ.
ރާއްޖޭގައި ޑިމޮކްރަސީ ތައާރަފްވެ، ސިޔާސީ ޕާޓީތައް އުފެދުނު ފަހުން އައްޑޫގެ ހިތަދޫ ގޮނޑިއެއް އެމްޑީޕީ ފިޔަވާ އެހެން ޕާޓީއަކުން ކާމިޔާބުކުރި މިއީ ފުރަތަމަ ފަހަރެވެ.
އަޒަރުބައިޖާން އިން ހާރިޖީ ގުޅުންތަކުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލް ކުރައްވައިފައިވާ އަޒާނަކީ ސުކޫލް ދައުރުން ފެށިގެންވެސް، އައްޑޫގެ ތަރައްޤީއަށްޓަކައި އެކި ކަހަލަ ރޭވުންތަކާއި ހިޔާލުތައް ކުރައްވައި ޕްލޭންތައް ހައްދަވައި، އަތޮޅާާއި ރަށުގެ ތަރައްގީއާއި ކަންކަމުގައި އަމިއްލައަށް އިސްނަންގަވައިގެން ބައިވެރިވެލައްވާފައިވާ ޒުވާން ބޭފުޅެކެވެ.

