ތިނަދޫ ދެކުނު ދާއިރާގެ ތާރީހު ބަދަލުކޮށް މިފަހަރު މަޖިލިސް އިންތިހާބުން މިނިވަން ކެނޑިޑޭޓް މުހައްމަދު އަލްސަން އަހުމަދު އެ ދާއިރާގެ ގޮނޑި ކަށަވަރު ކޮށްފިއެވެ.
އަލްސަން މި ދާއިރާގެ ގޮނޑި ކަށަވަރުކޮށްފައިވާއިރު، އޭނާ އާއި ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އަބްދުﷲ ޝަރީފްއެެވެ. އެމްޑީޕީން ވާދަކުރެއްވީ ޒިފްލީން ހަސަން އެވެ.
ތަފާތު ބޮޑުއަދަދަކުން އަލްސަން މި ގޮނޑި ކާމިޔާބު ކުރައްވާފައިވާފައެވެ.
ތިނަދޫ އުތުރު ދާއިރާއަށް ބަލާއިރު، އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީއެވެ.
މިއީ ސައުދުﷲ މެމްބަރު ކަމުގެ ގޮނޑި ކާމިޔާބު ކުރެއްވި ދެ ވަނަ ފަހަރެވެ. ސައުދުﷲ އަކީ 18 ވަނަ މަޖިލީހުގެ މެމްބަރެކެވެ. ސައުދުﷲ އާއި ވާދަ ކޮށްފައިވަނީ އަބްދުﷲ އަހުމަދު (އަބުޅޯ) އާއި، ކުރީގެ މެމްބަރު ގަސަމްގެ ކޮއްކޮ އަހުމަދު ގައިސްއެވެ.

