މިއަދު ކުރިއަށް ދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ގޮނޑި މުހައްމަދު ޝާހިދު (ޝާޑު) ކާމިޔާބު ކުރައްވައިފިއެވެ.
ޝާޑު އެ ދާއިރާއަށް ވާދަކުރެއްވީ ޕީއެންސީ ޓިކެޓްގައެވެ.
މިހާތަނަށް ގުނުނު ވޯޓު ފޮށިތަކުގެ ނަތީޖާ:
- ހުޅުދޫ ދާއިރާއަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ 2843 މީހުން
- ޕީއެންސީ ކެންޑިޑޭޓު ޝާޑު އަށް 57.31 އިންސައްތަ
- އެމްޑީޕީ ކެންޑިޑޭޓް ސާމިއު އަންވަރު އަށް 37.78 އިންސައްތަ ވޯޓު
އެހެންކަމުން އެ ގޮނޑި ކާމިޔާބު ކުރައްވާފައި މިވަނީ ސަރުކާރު ކެންޑިޑޭޓް ޝާޑު އެވެ.
20 ވަނަ ރައްޔިތުންގެ މަޖިލިީހުގެ އިންތިޚާބުގައި ޖުމްލަ 93 ދާއިރާއެއްގެ މެންބަރުން އިންތިޚާބު ކުރާއިރު، އެ ދާއިރާތަކަށް ޕާޓީތަކުން އަދި އަމިއްލަ ގޮތުން 368 ކެންޑިޑޭޓުން ވާދަކުރެއެވެ.

