އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމުގެ ޔަޤީންކަން ދާއިރާގެ ރައްޔިތުންނަށް ދެއްވައި ސައުދުﷲ ހިލްމީ ދެވަނަ ފަހަރަށް ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ކަށަވަރު ކުރައްވައިފިއެވެ.
މިއީ ސައުދުﷲ މެމްބަރު ކަމުގެ ގޮނޑި ކާމިޔާބު ކުރެއްވި ދެ ވަނަ ފަހަރެވެ. ސައުދުﷲ އަކީ 18 ވަނަ މަޖިލީހުގެ މެމްބަރެކެވެ. ސައުދުﷲ އާއި ވާދަ ކޮށްފައިވަނީ އަބްދުﷲ އަހުމަދު (އަބުޅޯ) އާއި، ކުރީގެ މެމްބަރު ގަސަމްގެ ކޮއްކޮ އަހުމަދު ގައިސްއެވެ.
ތިނަދޫ ދެކުނު ދާއިރާގެ ތާރީހު ބަދަލުކޮށް މިފަހަރު މަޖިލިސް އިންތިހާބުން މިނިވަން ކެނޑިޑޭޓް މުހައްމަދު އަލްސަން ވެސް ވަނީ އެދާއިރާގެ ގޮނޑި ކަށަވަރު ކުރައްވާފައެވެ.
އަލްސަން އެ ދާއިރާގެ ގޮނޑި ކަށަވަރުކޮށްފައިވާއިރު، އޭނާ އާއި ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އަބްދުﷲ ޝަރީފާއި، އެމްޑީޕީގެ ކެންޑިޑޭޓް ޒިފްލީނާ ހަސަން އެވެ.
ތަފާތު ބޮޑު އަދަދަކުން އަލްސަން މި ގޮނޑި ކާމިޔާބު ކުރައްވާފައިވާފަައިވާއިރު، އެއީ އެދާއިރާއަށް ވާދަކުރެއްވި އެންމެ ޒުވާން ކެންޑިޑޭޓެވެ.

