ހުޅުމާލެ ދެކުނު ދާއިރާގެ ގޮނޑި ޑރ. ޝަމްހީދު ކާމިޔާބު ކުރައްވައިފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުޅުމާލެ ދެކުނު ދާއިރާގެ ގޮނޑި ޑރ. ޝަމްހީދު ކާމިޔާބު ކުރައްވައިފާފައި ވަނީ ރާއްޖޭގެ ހުރިހާ ދާއިރާތަކެއްގައިހެން މަސައްކަތްކޮށް ތަޖުރިބާ ހޯއްދަވާފައިވާފައެވެ.
ޝަމްހީދު ހުޅުމާލޭގެ ގޮނޑި ކާމިޔާބު ކުރެއްވީ 1020 ވޯޓު ހޯއްދަވައިގެންނެވެ.
ޝަމްހީދާއި ވާދަކުރެއްވީ ސަރުކާރު ކެނޑިޑޭޓް ޝަހުނީޒް ހާޝިމަށް ލިބިލެއްވީ 722 ވޯޓެވެ.
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާއަށް ލިބިލެއްވި ވޯޓްގެ އަދަދަކީ 208 އެވެ. މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު ފިރުޝާން އަށް ލިބުނީ 111 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއވި ޢަބްދުއްސަމަދު އަށް ލިބިލެއްވީ 77 ވޯޓެވެ.
ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫނަށް އެދާއިރާއިން ވަނީ އެންމެ ފުލައް ވެއްޓިފައެވެ. ދުންޔާ އަށް ލިބުނީ 72 ވޯޓެވެ.

