މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގެ ވޯޓުލުމުގެ އެންމެހައި ހަރަކާތްތައް ކުރިއަށްގޮސްފައިވަނީ ސުލްހަވެރިކަމާ އަމާންކަމާއެކުގައިކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.
އީސީން ބުނީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ކުރައްވާފައިވާ މަސައްކަތްތަކާއި އިންތިޒާމުތައް ޖުމްލަގޮތެއްގައި ވަރަށް ރަގަޅުކަން ކަމަށެވެ.
އިންތިޙާބުގެ ވޯޓު ގުނުމުގެ މަސައްކަތްތައް މިވަގުތު ކުރިއަށް ދާއިރު، ދިމިޤްރާޠީ އުޞޫލުން ރައްޔިތުން ބައިވެރިވެ ނިންމާ ނިންމުން ބަލައިގަތުމަށާއި އެ ނިންމުމަށް އިޙްތިރާމުކޮށް ގައުމުގެ ސިޔާސީ މަޝްރަޙު ހަލަބޮލިނުވާނޭހެން އަމަލުތައް ބެހެއްޓެވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށް ވެސް އީސީން ބުނެފައި ވެއެވެ.
އިންތިޙާބުގެ ވޯޓު ގުނުމުގެ މަސައްކަތްތައް ނިމުމުން، ކޮމިޝަނުން އިންތިޙާބު އޮބްޒަރވް ކުރުމުގައި ފާހަގަކުރެވުނު ކަންކަމުގެ ރިޕޯޓު އާންމު ކުރާނެކަމުގައިވެސް އީސީނ ވަނީ ފާހަގަ ކުރައވާފައެވެ.

