މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން މަޖިލީހުގެ 70 ގޮނޑި ކަށަވަރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީއެންސީން މިހާތަނަށް ވަނީ 70 ގޮނޑި ކާމިޔާބުކުރައްވާފައެވެ.
މީގެ ކުރިން ކެމްޕޭނުގައި ރައީސް ވިދާޅުވެފައިވަނީ މަދުވެގެން 62 ގޮނޑި ޕީއެންސީއަށް ލިބޭނެ ކަމަށެވެ. އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދުމަކީ ގައުމުގެ ތަރައްގީއަށް ކޮންމެހެންބޭނުން ކަމެއް ކަމަށާއި، މިފަހަރުގެ އިންތިހާބުން ދަފާތު ފެނިގެންދާނެ ކަމަށެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ 87 މެންބަރުންނެވެ. ދާއިރާތަކަށް ގެނެވިފައިވާ ބަދަލާއިއެކު 20 ވަނަ މަޖިލީހުގައި ތިއްބަވާނީ 93 މެންބަރުންނެވެ.
މިއަދު ބޭއްވުނު މަޖިލިސް އިންތިހާބުގެ ނަތީޖާއިން ފެނިގެންދަނީ ތަރައްގީއަށް ރައްޔިތުން ބޭނުންވެފައިވާ މިންވަތުކަން ދޭހަވެއެެވެ.

