ހަވާ އެރުވުމާއެކު ޕީއެންސީގެ ބޮޑު ހަރަކާތެއް މިރޭ ބާއްވަން ނިންމައިފިއެވެ.
މަޖިލީސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މަޖިލީހުގެ ސުޕަރ މެޖޯރިޓީ ވަނީ ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީއަށް ލިބިފައެވެ. ޕީއެންސީއަށް މިހާތަނަށް ލިބުނު ގޮނޑީގެ އަދަދަށްބަލާއިރު 73 ގޮނޑިއެއް ވަނީ ކާމިޔާބުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީން އުފާފާޅުކުރުމަށް ހަވާއެރުވުމުގެ ހަރަކާތް ބާއްވަނީ މިރޭ 8:30 ހާއިރު އާޓިފިޝަލް ބީޗްގައެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލިހަށް ޖުމްލަ 93 ދާއިރާއެއް އޮތް އިރު،، 89 ދާއިރާއަކަށް ޕީއެންސީން ކުރިމަތި ލެއްވިއެވެ. އިލެކްޝަންސް ކޮމިޝަންސްގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސަރުކާރަށް 73 ގޮނޑި ވަނީ ކަށަވަރުވެފައެވެ.
މިރޭ ހަވާއެރުވުން އޮތް އިރު، ސަރުކާރުން ވަނީ މިއަދަކީ ބަންދު ދުވަހެއް ކަމަށްވެސް ކަނޑައަޅާފައެވެ.

