އިއްޔެގެ ކާމިޔާބީއާއެކު ހުޅުވިގެން މިދަނީ ރާއްޖޭގެ ދިމިގުރާތީ ހަޔާތުގެ އާ ސަފްހާއެއް ފަށާފައިވަނީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ސުޕަރ މެޖޯރިޓީ ވެރިކަންކުރާ ކޮންގްރެސް ޕާޓީން ކާމިޔާބުކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝަހީމް ވިދާޅުވީ ވެރިކަން ހިންގަން ޖެއްސުންކުރުމާއި ދުއްތުރާކުރުމާއި ސިޔާސީ ރުޅިވެރިކަމުގެ މަރުހަލާތައް ނިމި، ރާއްޖޭގެ ދިމިޤްރާތީ ހަޔާތުގައި ހުޅުވިގެން މިދާނީ އާ ސަފްހާއެއް ކަމަށެވެ.
“ރާއްޖޭގެ ދިމިޤުރާޠީ ހަޔާތުގައި ހުޅުވިގެން މި ދަނީ މުޅިން އާ ޞަފްޙާއެއް. ރައީސް ޑރ މުއިއްޒުގެ ޤައުމީ ވިސްނުމަށް އޮތް ތާއިދު ފެނިގެން މި ދަނީ، މަރުޙަބާ ރައީސް ޑރ މުއިއްޒު” ޝަހީމް ވިދާޅުވިއެވެ.
އެންމެ ފަހުގެ ނަތިއްޖާތައް ދައްކާ ގޮތުން 70 ގޮނޑިއާއެކު ސަރުކާރަށް ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައެވެ. މި އިންތިޚާބުގައި ޖުމްލަ 93 ދާއިރާއަކަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ. އާބާދީ ބޮޑެތި

