އިއްޔެ ބޭއްވި ވިހިވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، ރާއްޖޭގެ މަަޝްހޫރު ވިޔަފާރިވެެރިޔާ އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ސަލީމްގެ ދަރިކަލުން އިބްރާހިމް ނަައުފަލް ބަރުލަމާނީ ހަޔާތުގެ ތާރީހުގައި ބައްޕައާއި ދަރިފުޅުގެ ނަން ލިޔެލައިފިއެވެ.
މީގެ ކުރިން ބައްޕާފުޅާއި ދަރިކަލުން އެއް މަޖިލިހުގައި އުޅުއްވާފައިވަނީ އަހަރުތަކެއް ކުރީގައެވެ. އެންމެ ފަހުން ވެސް މި ޝަރަފު އޮތް ބޭފުޅުން މަޖިލިހުގައި ތިއްބެވީ 1988 އާ ހަމައަށެވެ. މި ޝަރަފު އެންމެ ފަހުން އޮތީ 1985 އިން 1988، އާ ހަމައަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އިބްރާހިމް ޝިހާބާއި ދަރިކަލުން މުހައްދު ޝިހާބަށެވެ.
ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ރާއްޖެ ދުށް އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތުންގެ ލިސްޓުން ޖާގަ ލިބިވަޑައިގަންނަވާ ކުރީގެ ވަޒީރު، އަބްދުﷲ ހަމީދު އެ މަޖިލީހުގެ ރައީސްގެ ގޮތުގަ އާއި ދަރިކަލުން ހަމްދޫން ހަމީދު ތިއްބެވި އެވެ. އަދި ހަމަ އެގޮތަށް އަހުމަދު ޒަކީ އާއި އިސްމާއީލް ޝަފީއުވެސް ތިއްބެވި އެވެ. ހާއްސަ މަޖިލިހުގައި ޝަފީއު އާއި ހަމްދޫނު ތިއްބެވީ ވަޒީރުންނަށް އެ މަޖިލީހުން ފުރުސަތު ލިބި ވަޑައިގަންނަވާތީ އެވެ.
ކަން މިހެން އޮތުމާއެކު އިއްޔެ ބޭއްވި އިންތިހާބު ގައި އަހްމަދު ސަލީމާއި ދަރިކަލުން އިބްރާހިމް ނައުފަލް ހޯއްދެވި ކާމިޔާބީއާއެކު މިވަނީ ބަރުލަމާނީ ރިކޯޑް ހައްދަވާފަ އެވެ.
ސަލީމް އިންތިހާބުވެވަޑައިގެންނެވީ މީގެ 15 އަހަރު ކުރީން ފެށިގެން މެންބަރު ކަން ކުރައްވަމުން ގެންދަވާ އޭދަފުށީ ދާއިރާއިންނެވެ. އެންމެ މަތީ ވޯޓެއް ހޯއްދަވާ 2009 ވަނަ އަހަރު އޭދަފުށީ މެންބަރު ކަމަށް ވަޑައިގެންނެވި ސަލީމް، މި ފަހަރު ހޮވިވަޑައިގަތީ ހަތަރުވަނަ ދައުރަށެވެ.
ސިޔާސީ މައިދާނަށް އަލަށް ނުކުންނެވި ނައުފަލް އިންތިހާބުވެވަޑަައިގެންފައި ވަނީ މުލަކު ދާއިރާ އިންނެވެ.

