އާ ރައްޔިތުންގެންމަޖިލިސް އިންތިހާބުވުމާއި ގުޅިގެން މިހާރުގެ ރައްޔިތުންގެ މަޖިލިސް އިސްތިއުފާ ދިނުމަށް ގޮވާލާ އަޑުގަދަވެއްޖެއެވެ.
ރައީސް މުއިއްޒުގެ ތަރައްޤީގެ މަޝްރޫއުތައް ހިންގުން ފުޅާކުރުމުގެ ގޮތުން މިހާރުގެ މަޖިލިސް (19 ވަނަ މަޖިލިސް) އިސްތިއުފާއަށް ދަނީ ގޮވަމުންނެވެ. މަޖިލިސް އިސްތިއުފާއަށް ގޮވާލާމީހުން ބުނަމުންދަނީ މިހާރު އޮތް ރައްޔިތުންގެ މަޖިލިސްގެ ތެރެއިން ސަރުކާރަށް ވަނީ ޖެއްސުން ކޮށްފައި ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ ކިބައިން ސަރުކާރުން ނިމިދިޔަ މަޖިލިސް އިންތިހާބުގައި އެދިފައި ވަނީ ސަރުކާރަށް އެއްބާރުލުންދޭނެ މަޖިލިހެއް އިންތިހާބުކޮށް ދިނުމަށެވެ.
އިއްޔެ ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުން އެމްޑީޕިއަށް ލިބިފައިވަނީ 12 ގޮނޑިއެވެ. ނަމަވެސް 19 ވަނަ މަޖިލީހުގައި އެމްޑީޕީއަށްވަނީ މެޖޯރިޓީ ލިބިފައެވެ. އިއްޔެ ބޭއްވުނު އިންތިހާބުގައި ޕީއެންސީއަށް ލިބިފައިވަނީ 71 ގޮނޑިއެވެ.
އެމްޑީޕީން ބުނީ ނިމުނު އިންތިޙާބު ނަތީޖާ ގަބޫލު ކުރައްވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި، ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށް އަދި ދިވެހިރާއްޖޭގެ ތަރައްޤީއަށް ފަށައިފައިވާ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާ މަޖިލީހަކަށް ވުމެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެންމެ ބޮޑު އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުން ކަމުގައިވާއިރު، މިއަދުގެ އިންތިޚާބު ކާމިޔާބުކުރެއްވި ހުރިހާ ކެންޑިޑޭޓުންވެސް އެ މަސައްކަތް އެއްވެސް ފަސްޖެހުމެއް ނެތި ކުރައްވަމުން ގެންދަވާނެ ކަމުގައިވެސް އެ ޕާޓީން ވަނީ ޔަގީންކަން ދެއްވާފައެވެ.
ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމަށާއި ސަރުކާރު ޖަވާބުދާރީކޮށް ދިވެހިރައްޔިތުންގެ ހައްޤުތައް ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަންވެސް އެ ޕާޓީން ވަނީ ދެއްވާފައެވެ.

