ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ، ވިހިވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ސުޕަރމެޖޯރިޓީގެ ކާމިޔާބީ ފާހަގަކުރުމަށް މިރޭ އާޓިފިޝަލްބީޗް ސަރަހައްދު ބަންދުކުރާ ގޮތަށް ހަމަޖައްސައިފިއެވެ،
ފުލުހުން ބުނީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ މާލޭގައި ހަވާ އެރުވުމާ އެކު، ހާއްސަ ޖަލްސާއެއް ބާއްވަން ނިންމާފައިވާތީ އާރޓިފިޝަލް ބީޗް ސަރަަހައްދު މިރޭ ވަކި ވަގުތުތަކެއް ބަންދުވާނެކަމަށެވެ.
ފުލުހުން ބުނެފައިވަނީ މިރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތަކަށް އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެންނަން ހަމަޖެހިފައިވާ ކަމުގައެވެ. އެގޮތުން މިރޭ 20:00 އިން ފެށިގެން ހަރަކާތް ނިމެންދެން އެ ސަރަހައްދު ބަންދުކުރެވޭނެކަމަށް ފުލުހުން ބުނެފައި ވެއެވެ.
ޕީއެންސީން ބުނެފައިވަނީ ‘ދިވެހީންގެ ރާއްޖެ މަޖިލީހަށް – މަރުހަބާ’ގެ ނަމުގައި ދިވެހިންނަށް މަރުހަބާ އާއި ޝުކުރު އަދާކުރުމަށް އެ ޕާޓީން މިރޭ ހާއްސަ ޖަލްސާއެއް ބާއްވާނެ ކަމަށެވެ. ޖަލްސާ ބާއްވާނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗުގައެވެ.
އެ ޖަލްސާ އަށް ހުރިހާ ދިވެހިންނަށް ދައުވަތު ދީފައިވާއިރު އެ ހަފުލާއަށް ފަހު ހަވާ އެރުވުން އޮންނާނެ ކަމަށް ޕީއެންސީން ބުންޏެވެ.

