އިންތިހާބަށް މެދުކެނޑުމަކަށްފަހު މަޖިލިސް ޖަލްސާ ކުރިއަށްދާ ގޮތަށް އެޖެންޑާކޮށްފިއެވެ.
މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލީ މިމަހުގެ 1 ވަނަ ދުވަހު އެވެ. އެއީ ރަމަޝާންމަހުގެ ފަހުދިހައިގައި ބަންދު ދުވަސްތަކެއް ކަމަށް ސަރުކާރުން ކަނޑައެޅުމުނެވެ.
މާދަމާ މަޖީލީސް އޮންނާނެ ކަމަށް އެޖެންޑާ ކުރެވިފައިވާއިރު، ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ ދެ އިސްލާހެއް ޖަލްސާގެ އެޖެންޑާގައި ހިމަނާފައެވެ. މާދާމާގެ ކުރިއަށްދާ އެ ޖަލްސާގައި، ޖުމްލަ ހަތަރު ބިލެއް އެޖެންޑާގައި ހިމަނާފައި ވެއެވެ.
ގާނޫނަށް އިސްލާހުގެންނަން ހުށައަޅާފައިވާ ދެ ބިލް ހުށައަޅާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އާއި، އައްޑޫ މީދޫ ދާއިޜާގެ މެމްބަރު ރޮޒައިނާ އާދަމްއެވެ.
ރޮޒައިނާ ހުށަހަޅުއްވާފައިވާ އިސްލާހަކީ މީގެ ކުރިން މަޖިލީހަށް 33 އިންސައްތަ އަންހެން މެމްބަރުންގެ ގޮނޑި ހާއްސަ ކުރުމަށް ހުށައެޅުނު ބިލާއި ގުޅޭގޮތުން ހުށައެޅި އިސްލާހެކެވެ. ހަސަން ލަތީފް ހުށަހަޅާފައިވާ ވަނީ އެންޓި ޑިފެކްޝަން ބިލާއި ގުޅޭ އިސްލާހެކެވެ.
ރައްޔިތުންގެ މަޖިލީހުގެ 33 ޕަސަންޓް ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަށް އެމްޑީޕީގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވީ މާރޗް މަހުގެ ފުރަތަމަ ދުވަހުއެވެ.
މިއިސްލާހު ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ އަދަދާއި ދައުރު އިތުރު ކުރުމަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އެމްޑީޕީން ގަބޫލުކުރާތީ ކަމަށްވެސް ބިލް ހުށައެޅުމަށްފަހުގައި ރޮޒައިވާ ވަނީ ވިދާޅުވެފައެވެ.
އާދީއްތާ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކުން ވާދަ ކުރައްވާފައިވާއިރު، ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ 3 އަންހެން ކެޑިޑޭޓުންނެވެ. އެއީ ޕީއެންސީގެ ޓީކެޓްގައިވާދަކުރެއްވި ކެންޑިޑޭޓުުންނެވެ. އެމްޑީޕީގެ އަންހެން މެމްބަރަކު މިފަހަރު މަޖިލީހުން ހޮވިފައެއް ނުވެއެވެ.
މީގެ އިތުރުން ހުށަހަޅުއްވާފައިވާ އަނެއް ދެ ބިލަކީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ހުށަހަޅުއްވާފައިވާ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހަޅުއްވާފައިވާ ރާއްޖޭގެ މަތީ ތައުލީމާ ތަމްރީނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
މާދާމާގެ ޖަލްސާގައި ގާނޫނަށް އިސްލާހު ގެނައުމަށް އެޖެންޑާ ކޮށްފައިޥާއިރު، އެ ބިލް ހުށަހެޅުއްވި ދެ މެންބަރުންނަކީވެސް 20 ވަނަ ރައްޔިތުންގެ މަޖިޅިހުގެ އިންތިހާބަށް ކުރިމަތިލައްވާ ފުރުސަތު ގެއްލިފައިވާ ދެ މެމްބަރުނެވެ.
އެގޮތުން ހަސަން ލަތީފު މަޖިލިސް އިންތިހާބުން ބަލިވެފައިވެފައިވާއިރު، ރޮޒައިނާ ބަލިވީ އެމްޑީޕީގެ ޕްރައިމަރީން ވާދަކޮށް ޕްރައިމެރީ ނާކާމިޔާބުވުމުންނެވެ.
އޭގެ ފަހުން ރޮޒައިނާ މަޖީލހަށް ކުރިމަތިލައްވާފައި ނުވެއެވެ.

