ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ރަން ފަށަކާއި ފޯނެއްގެ އިތުރުން ފައިސާތަކެއްގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ އެކިއެކި މައްސަލަތަކުގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށެވެ.
މާފަންނު ޕޮލިސް ސްޓޭޝަން ގެ ބެލުމުގެ ދަށުގައިި މާރިޗު 16 ވަނަ ދުވަހު އިއްޒުއްދީން މަގުން ހޮވައިގެން ގެނެސްފައިވާ ސިމެންތި ބަސްތާތަކެއް. އިންސިޑެންޓް ނަންބަރު 591319
މާފަންނު ޕޮލިސް ސްޓޭޝަން ގެ ބެލުމުގެ ދަށުގައިި މާރިޗު 31 ވަނަ ދުވަހު ޓީޖެޓީ ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދަގަނޑުތަކެއް. އިންސިޑެންޓް ނަންބަރު 592863
މާފަންނު ޕޮލިސް ސްޓޭޝަން ގެ ބެލުމުގެ ދަށުގައިި އެޕްރީލް 4 ވަނަ ދުވަހު މ. ސަމަންދަރުގެ ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ މައިލޯ ދަޅު ކޭހެއް. އިންސިޑެންޓް ނަންބަރު 594068
ގަލޮޅު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި އެޕްރީލް 2 ވަނަ ދުވަހު އެކުވެނި ޓްރެކް ކައިރިން ހޮވައިގެން ގެނެސްފައިވާ ވޮލެޓެއް. (ވޮލެޓުގައި: 3000 ރުފިޔާ އާއި ބީއެމްއެލް ކާޑެއް) އިންސިޑެންޓް ނަންބަރު 593273
ގަލޮޅު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި އެޕްރީލް 17 ވަނަ ދުވަހު ޗާންދަނީ މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެެލެވޭ، ކާރު ބެޓެރިއެއް. އިންސިޑެންޓް ނަންބަރު 594831
މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ހެންވޭރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި މާރިޗު 30 ވަނަ ދުވަހު ސައުދީ އެމްބަސީ ކައިރިން ހޮވައިގެން ގެނެސްފައިވާ ސެމްސަންގ ބްރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 592935
ހެންވޭރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި އެޕްރީލް 7 ވަނަ ދުވަހު 1 ނަންބަރު ފާލަން ކައިރިން ހޮވައިގެން ގެނެސްފައިވާ އެޕަލް ވޮޗް ސީރީސް 2 (42އެމްއެމް) ގަޑިއެއް. އިންސިޑެންޓް ނަންބަރު 593769
ހެންވޭރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި އެޕްރީލް 9 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، ބީއެމްއެލް ކައިރިން ހޮވައިގެން ގެނެސްފައިވާ 500 ރުފިޔާ. އިންސިޑެންޓް ނަންބަރު 594014
ހެންވޭރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި އެޕްރީލް 15 ވަނަ ދުވަހު 1 ނަންބަރު ފާލަން ކައިރިން ހޮވައިގެން ގެނެސްފައިވާ ވަޔަލެއް ސްޕީކަރެއް. އިންސިޑެންޓް ނަންބަރު 594655
ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ގައި
- މާރިޗު 14 ވަނަ ދުވަހު އެޗް5 ކައިރިން ހޮވައިގެން ގެނެސްފައިވާ ކަރަންޓު ނަރުތަކެއް. އިންސިޑެންޓް ނަންބަރު 591053
- މާރިޗު 21 ވަނަ ދުވަހު ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ ރަން ފަށެއް. އިންސިޑެންޓް ނަންބަރު 591857
- މާރިޗު 22 ވަނަ ދުވަހު އެޗް12 ކައިރިން ހޮވައިގެން ގެނެސްފައިވާ ކަޅުކުލައިގެ އައިފޯނެއް. އިންސިޑެންޓް ނަންބަރު 592047
- އެޕްރީލް 3 ވަނަ ދުވަހު އެޗް3 ކައިރިން ހޮވައިގެން ގެނެސްފައިވާ 2500 ރުފިޔާ. އިންސިޑެންޓް ނަންބަރު 593312
މި ތަކެތީގެ ވެރިފަރާތުން 9393351 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

