ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގދ. ތިނަދޫ ދެކުނު ދާއިރާގައި ބެހެއްޓި ވޯޓު ފޮއްޓެއް އަލުން ގުނައިދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފީ ނަމަވެސް އެ ފޮށި އަލުން ގުނަންޖެހޭ ފަދަ ހާލަތެއް ނެތްކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އެ ވޯޓު ފޮށި ގުނަން ހުށަހެޅީ އެދާއިރާއަށް ޕީއެންސީން ވާދަކުރެއްވި އަބްދުﷲ ޝަރީފްގެ ފަރާތުންނެވެ. އޭނާގެ ޓީމުން މަޢުލޫމާތު ދީފައިވާ ގޮތުގައި ވޯޓު ފޮށި ގުނާފައިވަނީ ޝަރީފްގެ ފަރާތުން އެއްވެސް އޮފިޝަލެއް ނެތް ވަގުތެއްގައި ކަމަށެވެ. އަދި ވޯޓު ގުނުމަށް ހޭދަވީ 30 ވަރަކަށް މިނިޓު ކަމަށާއި ވޯޓު ގުނުމަށް ކަރުދާސް ތަރުތީބުކުރި އިރު ފެންނަން ހުރި ވޯޓު ކަރުދާސްތަކާއި ގުނި އިރު އަދަދު ބޮޑުތަނުން ތަފާތު ކަމަށް އެ ޓީމުން ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ “ހުވަދޫ “އަށް މަޢުލޫމާތު ދެމުން ވިދާޅުވީ އެ މައްސަލަ ހުށަހަޅާފައިވީ ނަމަވެސް ވޯޓު އަލުން ގުނުމަށް އަދި ނިންމާފައިނުވާ ކަމަށެވެ.
އެބޭފުޅުން ހުށަހެޅި މައްސަލާގެ ބުރަދަނަށް ބަލައި އެ ވޯޓު ފޮށި އަލުން ގުނަންޖެހޭ ހާލަތެއް ނެތް- ހަސަން
ތިނަދޫ ދެކުނު ދާއިރާގެ ގޮޑި ކާމިޔާބުކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަ ކުރެއްވި އަލްސަންއެވެ. އަލްސަން 870 ވޯޓު ހޯއްދެވި އިރު ޝަރީފުއަށް ލިބުނީ 799 ވޯޓެވެ.
މި ގޮނޑި ގެއްލުމާއެކު ސަރުކާރަށް ހަމައެކަނީ ގެއްލުނީ ތިނަދޫ ދެކުނު ދާއިރާއެވެ. އެހެން ހުރިހާ ދާއިރާތަކެއް ސަރުކާރުގެ ކެންޑިޑޭޓުން ވަނީ ކާމިޔާބުކޮށްފައެވެ.

