ކުޅުދުއްފުށީ- ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް އެ ސިޓީއަށް 600 ކިލޯ ވޯޓުގެ 2 ޖަނަރޭޓަރ ސެޓް ފޮނުވައިފިއެވެ.
ފެނަކައިން ބުނީ ކުޅުދުއްފުށީގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ފޮނުވާ 600 ކވ ގެ 2 ޖަނަރޭޓަރ ރަށަށް ލިބި އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރު ވެފައިވާ ކަމުގައެވެ.
މަސައްކަތްތަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ދެ ހަފުތާގެ މުއްދަތަކަށެ ކުޅުދުއްފުށީ ބްރާންޗްގެ އިސްވެރިއަކަށް ހުންނެވި އަބްދުލް ހަމީސް އިބްރާހިމާއި އަދި އިތުރު ދެ މުވައްޒަފަކު ސަސްޕެންޑް ކޮށްފައެވެ.
ކަރަންޓް ކެނޑޭ މައްސަލައިގައި ކުޅުދުއްފުށީގައި ދާދި ފަހުން ވަނީ މުޒާހަރަކާތެއް ވެސް ކޮށްފައެވެ. އަދި އެ ސިޓީ އަށް އިހުމާލުވެފައިވާ ކަމަށް ބުނެ ފެނަކައިގެ މުވައްޒަފުންތަކެއް ވެސް އަޑު އުފުލާފައިވެ އެވެ.

