އެސްޓީއޯ އިން މަކިޓާއަށް ހާއްސަ ޝޯރޫމެއް ހުޅުމާލޭގައި ހުޅުވަން ނިންމައިފިއެވެ.
ހުޅުމާލޭގައި މިރޭ ހުޅުވަން ނިންމައިފައިވާ މި އެސްޓީއޯގެ އައުޓްލެޓް އިން މަކިޓާގެ ގިނަ ސާމާނުތައް ލިބެން ހުންނާނެއެވެ.
މި ފިހާރަ ހުޅުވަނީ ހުޅުމާލެ ސްމާރޓް ސްޓޯއާއި ޖެހިގެންނެވެ.
މިއީ އެސްޓީއޯއިން ހުޅުމާލޭގައި ހުޅުވާ މިފަދަ ފުރަތަމަ ފިހާރައެވެ. މި ފިހާރައިން ވިއްކަނީ މަކިޓާ އެވައިލަބްލް ތަކެއްޗެވެ.
އެގޮތުން މަކިޓާ އިން ރާއްޖެ އެތެރެކޮށް ވިއްކާ އުފެއްދުންތަކުގެ ތެރޭގައި، ލަކުޑި، ވަޑާންކުރުމަށް ހާއްސަ ކަރަންޓު އާލަތްތަށް، އައުޓްޑޯ އެކި މަސައްކަތްތަކަށް ބޭނުންކުރެވޭނެ ސާމާނު، ގާރޑެނިންއަށް ހާއްސަ އުފެއްދުން، އިންޑޯ އަދި އާއްމު ދިރިއުޅުމުގައި ބޭނުން ކުރެވޭނެ ވެކިއުމް ކްލީނަރ ފަދަ އެތަށް ސާމާނެއް އެކުލެވިގެންވެއެވެ.
މަކިޓާއަކީ 25 އަހަރުގެ ދިވެހިންގެ އިތުބާރާއި މަގުބޫލުކަން ހޯދާފައިވާ މަކިޓާ ބްރޭންޑެކެވެ. ޖަޕާނުން އެތެރެކޮށް އެސްޓީއޯ އިން މަކިޓާ ގެ އުފެއްދުންތަށް ދިވެހިންނަށް ފޯރުކޮށްދިނުން ވެގެން ދިޔައީ މަސައްކަތް ތެރިންގެ ވަގުތު ސަލާމަތްކޮށްދީ އިތުރު ފަސޭހަ ތަކެއް ލިއްބައިދެމުންނެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް އެސްޓީއޯގެ މަކިޓާ ބްރޭންޑް ގެ އުފެއްދުންތަށް ލިބެންހުރެއެވެ.
އެސްޓީއޯ ރީޖަނަލް ފިހާރަ ތަކުން އަދި އެސްޓީއޯ ޕީޕަލް ޗޮއިސް ގެ އޭޖެންޓުން ވެސް އާއްމުންނާއި ހަމައަށް މަކިޓާ ޕްރޮޑަކްޓްސް ފޯރުކޮށްދެމުންދެ އެވެ.

