ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރަން މާދަމާ މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓްގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން މިރޭ “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ހެންވޭރުގެ ބައެއް ގޯޅިތަކާއި މަގުތައް ހިމެނޭ ސަރަހައްދުން 24 އޭޕްރީލް 2024 ވާ ބުދަ ދުވަހު (މާދަމާ)ގެ ހެނދުނު 09:30 ން 10:30 ށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެގޮތުން އެޕޯސްޓުގައި ބުނެފައިވާ ގޯޅިތަކާއި މަގުތަކަކީ:
- އަމީރު އަޙުމަދު މަގު،
- ބޮޑުތަކުރުފާނު މަގު،
- ދީފްރަމް ގޯޅި،
- ފިނިފެންމާ ގޯޅި،
- ގަލަދުން ގޯޅި،
- ހިތްފަސޭހަ ގޯޅި،
- ހުސްނުހީނާ މަގު،
- ކުރަނގި ގޯޅީގެ
- މެހެލި ގޯޅި
- ރޯޝަނީ މަގު
ސްޓެލްކޯގެ މަސައްކަތްތައް މާލޭގެ އެކި ކުރަމުން އަންނައިރު، ބައެއް ފަހަރު މަދުން ނަމަވެސް އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑާލި ކަމުގައިވިޔަސް. މާ ގިނައިރުތަކެއް ނުވަނީސް ކަރަންޓް ފޯރުކޮށްދެއެވެ.

