އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްޕާފުޅު، ހ.ރަބީޢީމަންޒިލް، އައްޝައިޚް މޫސާ ޖަމީލް، އަވަހާރަވުމުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތައުޒިޔާ ފޮނުވައިފިއެވެ.
އެކޯލިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ކުރީގެ ފޮރިން މިނިސްޓަރ އަދި އެމްޑީޕީގެ ރައީސް އަބްދު ﷲ ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމުގެ ހިތާމާގައި ރައީސް ޑރ މުހައްމަދު މުއިއްޒުއާއި، ކޯލިޝަންގެ ލީޑަރޝިޕާއި ސެނެޓަރުންނާއި ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރުންނާއި ދާއިރާ ރައީސުންނާއި ސްޓިއަރިން ކޮމިޓީތަކާއި އަދި ކޯލިޝަންގެ އެންމެހާ މެމްބަރުންގެ ނަމުގައި ތައުޒިޔާ ފޮނުއްވާކަމުގައެވެ.

