ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި މެމްބަރުންނާ ރައީސް ޑރ މުހައްމަދު މުއިއްޒު ބައްދަލު ކުރައްވައިފިއެވެ.
މުލީއާގޭގައި އިއްޔެ ބޭއްވި މި ބައްދަލުކުރެއްވުމަށް ކެބިނެޓްގެ ހުރިހާ ވަޒީރުން ވަޑައިގެންނެވިކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އިއްޔެގެ އެ ބައްދަލުކުރެއްްވުމުގައި ވިހިވަނަ ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވި މެންބަރުންނާ މުހާތަބު ކުރައްވައި ރައީސް ޑރ މުއިއްޒު ވަނީ ސަރުކާރަށް ލިބުނު މެޖޯރިޓީ ހިފެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި މެމްބަރުންނާ ރައީސް ޑރ މުހައްމަދު މުއިއްޒު ބައްދަލު ކުރެއްވުމުގެ ތެރެއިން
އެގޮތުން އެވާހަކަތަކުގައި، މެމްބަރުންނަށް އެމަނިކުފާނާ ސީދާ މުއާމަލާތު ކުރެވޭނެކަމުގެ ޔަގީންކަން ދެއްވިކަމަށާއި ސަރުކާރަށް ރައްޔިތުންގެ މަޖިލިސް ވަރަށް މުހިންމުކަމަށް ރައީސް މުއިއްޒު ފާހަގަ ކުރެއްވިކަމަށްވެއެވެ.
މި ބަައްދަލުވުމުގައި މުހިންމު ބައެއްކަންކަން ފާހަގަކުރައްވައި ބައެއް މެންބަރުން ވަނީ ވާހަކަ ދައްކަވާފައެވެ.

