ވޭސްޓް މެނޭޖްމަންޓް ކޯޕްރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ގެމަނަފުށީ ދާއިރާގެ ރައީސް ޝަހީދު އިބްރާހިމް އައްޔަން ކޮށްފިއެވެ.
ޝަހީދު އިބްރާހީމަކީ ކުރިން ސިފައިންގޭގައިވެސް ޤައުމަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ޕީއެންސީ ސަރުކާރު ގެނައުމަށްޓަކައި އަދި ހާއްސަކޮށް ޕާޓީގެ ދަފްތަރު ފުޅާކުރުމަށް ވެސް ޝަހީދު ވަނީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްދެއްވާފައެވެ.
ގެމަނަފުށީ ދާއިރާއަށް ނިސްބަތްވާ ޝަހީދު އިބްރާހިމް އަކީ ޕީއެންސީގެ ބާނީ ޢަބްދުއްރަޙީމްގެ ކެމްޕެއިނުގައިވެސް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ޝަހީދު ފާހަގަކޮށްލެވެނީ ފެށުނީއްސުރެ ވެސް ޕާޓީގެ އެންމެ އިސް ސަފުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ވަފާތެރި ބޭފުޅެއްގެ ގޮތުގައެވެ.
ވެމްކޯގެ ޑީއެމްޑީގެ މަޤާމަށް އިއްޔެ ޝަހީދު ޢައްޔަނު ކުރަށްވާފައިވާއިރު، އެ ކުންފުނީގެ ޑީއެމްޑީގެ މަގާމުގައި ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އަބްދުލް ކަރީމް ވެސް އެބަހުންނެވިއެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރަކީ މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ޖަލީލެވެ.

