7501 ދަރިވަރުންނާއެކު މިއަރުގެ އޯލެވެލް އިމްތިހާން ފަށައިފިއެވެ.
މިއަހަރުގެ އޯލެވެލް އިމްތިހާނު ނިމޭ ތާރީޚަކީ ޖޫން މަހުގެ 13ވަނަ ދުވަހެވެ.
މި އިމްތިހާނުގައި ބައިވެރިވެ އިމްތިހާނު ފުރިހަމަކުރާ 256 ސެންޓަރެއް މުޅި ރާއްޖޭގައި އެބަހުރިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. މިއަދު ބޭއްވުމަށް ހަމަޖެހުނު މި އިމްތުހާނު ގައި ޖުމްލަ 60 އިމްތިހާނު ކަރުދާސް ދަރިވަރުން ހަދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މިއަރު އޯލެވެލް އިމްތިހާނުގައި ހަތް ހާސް ދަރިވަރުން ބައިވެރިވެފައިވެއެވެ. ނަމަވެސް މިދިޔައަހަރު އޯލެވެލްގައި ބައިވެރިވެފައިވަނީ 6698 ދަރިވަރުންނެވެ. މިއީ އައި.ޖީ.ސީ.އެސް.އީ އިމްތިހާން އަދި އެސް.އެސް.ސީ އިމްތިހާނު ހިމެނޭހެން ދަރިވަރުން ބައިވެރިވެފައިވާ އަދަދެވެ. .
މިނިސްޓްރީން ފާހަގަކުރާ ގޮތުގަ މި އިމްތިހާނުގައި މަޖުބޫރު ހަތަރު މާއްދާއާއި އެކު ޖުމްލަ 5 މާއްދާގައި ދަރިވަރުން ބައިވެރިވާން ޖެހޭނެއެވެ. މީގެ ކުރިން އޮންނަގޮތުން މޮކް އިމްތުހާނުތަކުގައި ބައިވެރިވުމަކީ ކޮންމެހެން މަޖުބޫރުކަމެކެވެ. އެއީ ފާސްނުއްޖެނަމަ ފައިސާ ދައްކަން ޖެހޭތީ އެވެ.
ނަމަވެސް މިކަމަށް ވަނީ ބަދަލުތަކެއްގެނެސްފައެވެ. އެގޮތުން މިހާރު ސަރުކާރުން ފައިސާ ދައްކާ ގޮތަށްވަނީ ހަމަޖެހިފައެވެ.
އޯލެވެލް އިމްތިހާނު މިހާރު ފަށާފައިވާއިރު، އޯލެވެލް އިމްތިހާންއާ އައި.ޖީ.ސީ.އެސް.އީ އިމްތިޙާން އަދި އެސް.އެސް.ސީ އިމްތިޙާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ފުރިހަމަ ކާމިޔާބަށް އެދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފްވެސް ވަނީއެދިލައްވާފައެވެ.

