މާލޭސިޓީ ހެންވޭރު، ހީނާމާގޭ ޕާކިން އަށް ކުނި އެޅި ބަޔަކު ޖޫރިމަނާ ކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ހީނާމާގޭ ޕާކިންއަށް ކުނި އެޅި ބައެއް ފަރާތްތަށް ވަނީ ފާހަގަ ކުރެވި ޖޫރިިމަނާ ކުރެވިފައި ކަމަށާއި ތިމާ ދިރިއުޅޭ ވެށި ސާފުކޮށް ބޭއްވުމަކީ ހުރިހާ ފަރާތްތަކުގެ ވެސް ޒިންމާއަކަށް ހަދަން އެ ކައުންސިލުން ވަނީ ގޮވާލާފައެވެ.
ސިޓީ ކައުންސިލުން ވަނީ މިމައުލޫމާތާއެކު އެ ޕާކިންގެ ތެރެއަށް ބަޔަކު ކުނި އަޅާ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމުކޮށްފައެވެ.
މާލެ ތެރެއަށް ކުނި އަޅާ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައަކަށްވެފައިވާއިރު މި މައްސަލައާ ގުޅިގެން ގިނަ ބަޔަކަށް މީގެ ކުރިންވެސް ވަނީ ޖޫރިމަނާކޮށްފައެވެ.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ މާލޭގެ މަގުތަކަށް ކުނި އަޅާ މީހުން އެނގިއްޖެނަމަ ސިޓީ ކައުންސިލާއި ފުލުހަށް ރިޕޯޓު ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

