އަލަށް ޓެކްސީ ޑްރައިވަރުންނަށް ވާން ބޭނުންވާ ފަރާތްތަކަށް، ޓެކްސީ ކުރުމުގެ، ކާރު ދުއްވަން ދަސްކުރުމުގެ ތަމްރީނު ދިނުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ އެ ޕްރޮގްރާމަކީ މުޅިން އަލަށް ޓެކްސީ ޑްރައިވަރުންނަށް ވުމަށް އެދޭ މީހުންނަށް ހުޅުވާލާފައިވާ ޕްރޮގްރާމެއް ކަމަށެވެ. މީގެ އިރި
ފުލުހުން ވަނީ މިހާރު ޓެކްސީ ކުރުމުގެ ހުއްދަ އޮންނަ ޓެކްސީގެ ހިދުމަތް ދިނުމުގައި އުޅޭ މީހުންނަށް ވެސް ހާއްސަ ޕްރޮގްރާމެއް ހިންގަން ނިންމައިފައެވެ.
މި ދެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ފުލުހުން ވަނީ ހުޅުވާލައިފައެވެ.
އެގޮތުން އަންނަ މެއި މަހުގެ ދެވަނަ ދުވަހުގެ 23:59 އާ ހަމައަށް ގޫގަލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

