ގެމަނަފުށި ދާއިރާގާއި މިރޭ ހަވާ އަރުވަނީ
އައިޝަތު އަންޖަަލް ، ހުވަދޫ މީޑިއާ 
ކިޔާލަން ހޭދަވާނީއެއް މިނިޓް
ޕީއެންސީގެ ކެންޑިޑޭޓް އަސަދުﷲ ޝިހާބު ހޯއްދެވި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ ހަވާ އަރުވާގޮތަށް ހަމަޖެހިއްޖެއެވެ.
ގެމަނަފުށި ދާއިރާގައި މިރޭ ހަވާއެރުވުން ކުރިއަށްދާއިރު މިރޭ ހަވާއެރުވުން އޮންނާއި ދެއްވަދޫގައެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް އަސަދުﷲ ޝިހާބު ހޯއްދެވި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަވާ އެރުވުމުގެ ހަރަކާތަށް ވީހާވެސް ގިނަބަޔަކަށް ވަނީ ދައުވަތު އަރުވާފައެވެ.
މިރޭ ހަވާއެރުވުން އޮންނާނީ 20:00 ގައި ގއ ދެއްވަދޫ (ބަނދަރުމަތި)ގައެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބުގައި އަސަދު ވާދަކުރީ 19 ވަނަ މަޖިލީހުގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސައިދުއާއެވެ.
ސައިދާއި ވާދަކޮށް އަސަދަށް ލިބިލެއްވީ 1362 ވޯޓެވެ. އެއީ ލިބުނު ވޯޓްގެ ނިސްބަތުން 99. 54 އިންސައްތައެވެ.
އަހުމަދު ސައިދަށް ދާއިރާއިން ލިބުނު ވޯޓްގެ އަދަދަކީ 1115 އެވެ.
އެއީ ލިބުނު ވޯޓްގެ ނިސްބަތުން 45.01 އިންސައްތައެވެ.