ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފޑީއޭ)ން ބުނީ އިންޑިއާގެ އުފެއްދުމެއް ކަމުގައިވާ “އެވަރެސްޓް” އަދި “އެމްޑީއެޗް” ބްރޭންޑްގެ ހަވާދުގެ ބައެއް ބާވަތްތަކުގައި “އެތިލިން އޮކްސައިޑް” ހުރި ކަމަށް ބުނެ ސިންގަޕޯ ފުޑް އެޖެންސީ އަދި ހޮންކޮންގެ ސެންޓާ ފޯ ފުޑް ސޭފްޓީން ވަނީ އެ އުފެއްދުންތައް ބޭނުން ނުުކުރަން އިލްތިމާސްކޮށް ފައި ކަމަށެވެ. އަދި މި ބުނާ މާއްދާ އަށް އަސަރުކޮށްފައިވާ ކަމަށާއި، އެ ބްރޭންޑްގެ ހުރިހާ ބާވަތެއް ބާޒާރުން ނެގުމަށް މިހާރު އަންގާފައި ކަމަށެވެ.
އެމްއެފްޑީއޭއި ން ބުނީ އީޓީއޯއަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިގޭޓް ކުރުމަށް ބޭނުން ކުރާ ކެމިކަލްއެއް ކަމަށާއި، އަދި އީޓީއޯއަކީ ކެންސަރަށް މަގުފަހިކޮށްދޭ ކެމިކަލް އެށް ކަމަށެވެ. މީގެ އިތުރުން ސިއްހަތަށް ކޮށްފާނެ ނޭދެވޭ އަސަރަށްޓަކައި މި ކެމިކަލް ކާބޯތަކެތީގެ އުފެއްދުންތަކުގައި ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ.
މި ހަވާދަކީ ރާއްޖެއަށްވެސް ގިނަ އަދަދަކަށް އެތެރެކޮށް ބޭނުންކުރަމުންދާ ބާވަތުގެ ހަވާދެއް ކަމުން، ރާއްޖެއަށް އެތެރެ ކުރާ މި ބްރޭންޑްގެ އުފެއްދުންތަކުގެ ހިރާސް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށަވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
އެހެންކަމުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން މި ދެ ވައްތަރުގެ ހަވާދުގެ ބާވަތްތައް ރާއްޖެއަށް އެތެރެ ކުރުން، އަދި ވިއްކުމާއި، ބޭނުން ނުކުރަން ވަނީ އަންގާފަ އެވެ.

