އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ޅ. ކުރެންދޫ ޒުވާނެކެވެ. އޭނާގެ ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން ކޯޓުން ވަނީ ބަންދަށް 10 ދުވަސް ދީފައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ ކޮތަޅުގައި ހުރި މަސްތުވާތަކެތީގެ ބަރުދަނުގައި 1050 ގްރާމް ހުއްޓެވެ.
މި މައްސަަލައިގަ ހައްޔަރުކުރި އޭނާ ބަންދު ކުރަން ނިންމީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

