މިއަދު މެންދުރު ފަހުން ފެށިގެން ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައިވާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ އެކި ހާދިސާތައް ވަނީ ހިނގާފައެވެ. ސިފައިން ވަނީ ފެން ހިންދުމުގެ މަސައްކަތަށް ނުކުމެފައެވެ.
ހާއްސަކޮށް އައްޑޫސިޓީގެ ފޭދޫއަށް ވަރަށް ބޯކޮށް ވާރޭވެހި ގިނަގޭގެއަށްވެސް ފެން ވަދެ، ހާލަތު ވަރަށް ބޮޑަށް ދަށްވިއެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރުވެސް މޫސުން ގޯހެވެ.
މެޓް އޮފީހުން ރާއްޖޭގެ މޫސުން ގޯސްވެދާނެ ކަމަށް ބައެއް ހިސާބުތަަށް ރީނދޫ ސަމާލާއި ހުދު ސަމާލު ނެރެފައެވެ.
މާދަމާގެ ނިޔަލަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރު ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށާއި ރާއްޖޭގެ ކަނޑު އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަޑުގައި ގަދަވާނެއެވެ.

